ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ބޮޑު ބަޖެޓެއް ހުށައަޅަން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަންކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ދެެއްކެވި ވާހަކަ ތަކަށް ރައްދުދެއްވަމުންނެެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބޮޑު ބަޖެޓާއެކު ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާނެ ކަމަށެވެެ. އަދި ސަރުކާރު ހިންގުމުގެ ހަރަދު މިހާރުން މިހާރަށް ކުޑަނުކޮށްފިނަމަ 2023 ނިމުމުގެ ކުރިން ރާއްޖެ ބަގުރޫޓް ވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ވާހަކަ ތަކާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ދަރަނި ވާހަކަ ދައްކައިގެން އުޅެނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން ކަމަށެެވެ. އެ ކަންތައްތައް ހުއްޓުވަން އުޅެނީ ރަށްތަކުގައި ތިބި ރައްޔިތުން ގުއި ފެނުން ފެންވަރަންބައިތިއްބަންތޯ ނިހާދު ވަނީ ސުވާލު ކުރަށްވާފައެވެ.
"ދަތްދޮޅި ވިއްދައިގެން ވިޔަސް މަނިކުފާނުގެ ދާއިރާ އާއި ހުރިހާ ރަށަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ތަރައްގީ ގެނެސްދެއްވާނެ،" އާދަމް ޝަރީފަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދުކުރަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. އަދި ސަރުކާރު އޮތީ ސިޔާސީ މީހުން ގިނަވެ މަތިބަރުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

Dharanhi!! Dharanhi kiyaigen tharaggee ge mashroou thah huttuvan masakkaih kuranee Adhives Rah thakugai thibbevi Rayyithun, gui fenun fen varan bai thibbaan tha? Dhaihdholhi vidhdhaigen viyas Manikufaan ge dhaairaa ge hurihai rashakah Ves Raees @ibusolih tharaggee gennaane! 😏
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 13, 2022
އާދަމް ޝަރީފްގެ ވާހަކަ ތަކާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ދަރަނި ވާހަކަ ދައްކައިގެން އުޅެނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން ކަމަށެެވެ. އެ ކަންތައްތައް ހުއްޓުވަން އުޅެނީ ރަށްތަކުގައި ތިބި ރައްޔިތުން ގުއި ފެނުން ފެންވަރަންބައިތިއްބަންތޯ ނިހާދު ވަނީ ސުވާލު ކުރަށްވާފައެވެ.
"ދަތްދޮޅި ވިއްދައިގެން ވިޔަސް މަނިކުފާނުގެ ދާއިރާ އާއި ހުރިހާ ރަށަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ތަރައްގީ ގެނެސްދެއްވާނެ،" އާދަމް ޝަރީފަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދުކުރަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. އަދި ސަރުކާރު އޮތީ ސިޔާސީ މީހުން ގިނަވެ މަތިބަރުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު