ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ރާއްޖޭގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް އިހްތިރާމްކުރާ މިންވަރު ދައްކުވައިދޭ ވަރުގަދަ މިސާލެއް ކަމަށް ކުރީގެ ރައީސް އަބުދު ﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. އިދިކޮޅު ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބުދު ﷲ ޔާމިންގެ މެސެޖްގައި ޗައިނާއަކީ މިދިޔަ ބައި ގަރުނުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަން ވަނީ ފާހަގަކުރަށްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ޗައިނާ އިން ގަބޫލު ކުރާ "ވަން-ޗައިނާ" ސިޔާސަތަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ އެކު އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޔާމީންގެ މެސެޖްގައި ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި އެއް ގައުމަކީ ޗައިނާއެވެ. ރައީސް ޔާމިން ވެރިކަމުގައި ހުންނެވި އިރު އެންމެ ގިނަ ލޯނުތަކާއި ހިލޭ އެހީތައް ލިބިފައިވަނީ ޗައިނާއިން ކަން ފާހަގަކޮށްލެވެއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ރައީސް ޔާމިންގެ ސަރުކާރުގައި ހިންގި އެފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަކީ ޗައިނާއިން ހިލޭއެހި އާއި ލޯނު އެހީ ލިބިގެން ޗައިނާގެ ކުންފުންޏަކުން ހިންގި މަޝްރޫއެކެެވެ.

ކިޔުންތެރިންގެ ހިޔާލު