އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ހަތަރު މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ޕީޕިއެމްގެ އޮފީސް ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ޕީޕިއެމުން ބުނީ މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަން މިހާރު ސިލްސިލާކޮށް ބާއްވަމުން އަންނަ އެއްވުންތަކުގެ ތެރެއިން ރޭ ހައްޔަރުކޮށްފައި ވަނީ ޕީޕީއެމް ޔޫތު ވިންގުގެ ހަތަރު ޒުވާނުން ކަމަށެވެެ. އެ ހަތަރު ޒުވާނުން ފުލުހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.
އެ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ބަންދުން ދޫކޮށްލާފައެވެެ. އެނގިފައިވާގޮތުގައި ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.
ޕީޕިއެމްގެ އޮފީސް ސަރަހައްދަށް އެއްވި މުޒާހަރާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު