އިއްޔެ ފެށި މި އިހުތިޖާޖުގެ ތެރެއިން ވ.އަތޮޅު ކައުންސިލްގެ ވެރިންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ކައުންސިލްގެ ވެރިން ދަނީ ހުޅިދޫއަށް ގޮސް، އެރަށް އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލަމުންނެވެ.
ވ.އަތޮޅު ހުޅިދޫއަކީ ދަނޑުވެރިކަމުގެ ބޭނުމަށް ރައީސް ޔާމިންގެ ސަރުކާރުން ދޫކޮށްފައިވާ ރަށެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނެތެވެ. އެހެންކަމުން އެރަށުން އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މަންފާ އެއް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
މީގެއިތުރުން އެރަށް ހަވާލުކުރި ފަރާތުން އެރަށުގެ ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާކަމުގެ ތުހުމަތުވެސް ކުރެއެވެ. އެގޮތުން އެ ރަށުގައި އޮތް ކުޅިއަކަށް ފަސް އެޅުމާއި ހުއްދަ ނުހޯދައި ޖެޓީއެއް ހެދުން ހިމެނެއެވެ.
ވ. އަތޮޅުގައި 19 ރަށް އޮތްއިރު އޭގެ ތެރެއިން މީހުން ދިރިއުޅެނީ ފަސް ރަށުގައެވެ. ދެންހުރި ހުރިހާ ރަށެއް ހުރީ ވިޔަފާރިވެރިންނަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައެވެ. މިކަމާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް އެއްވެސް ރަށެއް ނެތެވެ.
ކަނު އަނދިރި ވިއްސާރަ ރެޔަކަށްފަހު އަލިވެއްޖެ. އަޅުގަނޑުމެންގެ އުންމީދަކަށް ، ހިތްވަރަކަށް، އަޒުމަކަށް ބަދަލެއް ނާދޭ. ވ ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން އަދިވެސް މިތިބީ ހުޅިދޫގައި.@ibusolih @MvSpokesperson @anuahsa @DrHussainHassan #HulhidhooHavaalukurey pic.twitter.com/AY5YyCO9qC
— shifaq (@hussain_shifaq) October 14, 2022
ހުޅިދޫގައި މިހާރު ކުރިއަށްދާ އިހުތިޖާޖުގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުހިނގާ، ހުޅިދުއާއި ރިސޯޓެއް ހަދަން ކުއްޔަށް ދޫކޮށްފައި އޮންނަ އެކަމަކު އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އަންބަރާ އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމެވެ.
ވ ހުޅިދޫ އިން މިޔަދު 16:30 ގެ ކުރިން ފޭބުމަށް ފުލުހުން އަޅުގަނޑުމެންނަށް މުހުލަތުދީފި. ނުފައިބައިފި ނަމަ ފުލުހުންނަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ހައްޔަރު ކުރާނެ ކަމުގެ އިންޒާރުވެސް ދީފި. @M_Hameedh @anuahsa @DrHussainHassan @ibusolih @AfshanLatheef @MvSpokesperson pic.twitter.com/txMwiC6cs2
— shifaq (@hussain_shifaq) October 13, 2022
ހުޅިދޫ އަނބުރާ ހޯއްދަވައިދެއްވުމަކީ ރައީސް ސާލިހުގެ ވައުދަކަށްވާއިރު، ވ.އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެ ވައުދު ހަގީގަތަކަށް ނުވުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅިދޫ ބޮޑަށް ބޭނުންކުރަނީ އެރަށާއި ކައިރީގައި އޮންނަ ވ.އާރަށުގައި ރިސޯޓް ހިންގާ ފަރާތުންނެވެ. އަދި ދަނޑުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ އެ ރަށް ދޫކޮށްފައި އޮތީ އަހަރަކު 35 ހާހެއްހާ ރުފިޔާއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ. ވ. އަތޮޅު ކައުންސިލުން ބުނާގޮތުން އެ ކައުންސިލުން އޮތީ މަހަކު 35 ހާސް ރުފިޔާ ދޭން ތައްޔާރަށެވެ.
"އަޅުގަނޑުމެން މި އެދެނީ ވ.ހުޅިދޫގައި ހިންގާފަހުރި ޖަރީމާތައް ބައްލަވާ ... އަޅުގަނޑުމެންނާ މި އަތޮޅު ރައްޔިތުންނާ މި ރަށްތައް ހަވާލުކޮށްދެއްވާށޭ !"
— #SaveMaldives Campaign (@SaveMaldivesMV) October 13, 2022
~ ހުސެން ޝިފާޤް، ވ.ތިނަދޫ ކައުންސިލްގެ ރައީސް#ހުޅިދޫހަވާލުކުރޭ !!#HulhidhooHavaalukurey !@governmentmv @presidencymv pic.twitter.com/1tRsjQCCG4
ހުޅިދޫ ވ.އަތޮޅުގެ ރައްޔިތުންނާއި ހަވާލުކުރުމަށް ގޮވާލާ ކުރިއަށްދާ އިހުތިޖާޖުގެ އަދިވެސް ކުރިއަށްދާއިރު، ރޭވެސް އިހުތިޖާޖުގެ ބައިވެރިން ތިބީ އެރަށުގައެވެ. އަދި މިއަދުވެސް ތިބީ އެރަށުގައެވެ.
އިހުތިޖާޖުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ވެރިން ބައިވެރިވާއިރު، އެ މީހުން ބުނާގޮތުން އެ ތިބީ ރަށާއި ހަވާލުވެގެންނެވެ. އެ ރަށުން އެމީހުން ބާލަން ފުލުހުން އިއްޔެ ދިޔަނަމަވެސް، އެ މީހުން އެރަށުން ބޭލޭ ގޮތެއް ނުވިއެވެ. މި އިހުތިޖާޖުގައި ބައިވެރިވާ އަތޮޅު ކައުންސިލްގެ ރައީސަކީވެސް ވެރިކަންކުރާ އެމްޑީޕީގެ މެމްބަރެކެވެ.
ހުޅިދޫ ހަވާލުކުރުމަށް ގޮވާލާ އިހުތިޖާޖު ކުރިއަށްދާއިރު އެކަމުގައި ސަރުކާރުން އަމަލުކުރާނެ ގޮތެއް ހާމަކޮށްފައެއް އަދި ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު