ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާވާހަކައެއްނެތް ކަމަށާއި މިނިސްޓަރު ކުރިހާވެސްކަމަކީ ޓޫރިޒަމް އޮކިއުޕަންސީގެ ފުރަގަހަށްވަދެ ތަސައްވަރުއޮޅުވާލުން ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އިއްޔެ ވަނީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވައި، އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި، ދައުލަތަށް ލިބޭ އާމްދަނީއާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެބަޖެޓުގައި ހިމަނާނެ ތަރައްގީގެ މަޝްރޫއެއް ގިނަ ރަށްރަށުގައި ނެތްކަމަށް ވިދާޅުވެ މިނިސްޓަ އަމީރު ދެއްކެވި ވާހަކަތަކަކީ ކުރީގެ އިކޮނަމިކް މިނިސްޓަރުގެ ހައިސިއްޔަތުންނާއި އިދިކޮޅު އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ގަބޫލުކުރައްވަން އުނދަގޫ ކަމަކަށް ވެގެން ދިޔަކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އިއްޔެގެ ޕްރެސްގައި މިނިސްޓަރު އަމީރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މެދުރާސްތާގެ ޕްލޭނެކޭ ވިދާޅުވަނީ 2023ގެ ފަސް ކަމަށެވެ. އެއީ އެންމެފަސޭހައިން ކަންކަމުން ރެކެން ބުނެވޭނެ ވާހަކަ ކަމަށް ސައީދު ވިދާޅުވިއެވެެ.
ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވީ ދިމާވެގެންއުޅޭ އަސްލު މައްސަލައަކީ، ދަރަނީގެ މައްޗަށް ދަރަނި ފުނިފުންޏަށް ނަގައިގެން މަތިބަރުސަރުކާރެއް އިންތިހާއަށް ޚަރަދުބޮޑުކޮށް ޚަރަދަށް ޒިންމާނުވެ ހިންގަންއުޅުން ކަމަށެވެ. އަދި ޙާލަތާއި ނުބައްދަލު ރިކަރަންޓު ޚަރަދުތައް އަތުނުޖެހުމާއި، ސަރުކާރު ކުންފުނިތަކުގެ ޕޭރޯލް ސިޔާސީ ދަރަނި ހާއްޔަކަށްހެދުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރުކޮޅު ހުސްކޮށްލުމުގެ އިތުރަށް ޔޫޒަބަލްރިޒާވު އިންތިހާޔަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ފިޗްގެ ރިޕޯޓުގައިވެސް ބުނެފައިވަނީ ބޭރުންނަގާ ދަރަނި ބޭނުން ކުރަނީ އާމްދަނީ އިތުރު ކުރުމަށް ނޫންކަމުގައި ކަމަށެވެ.
އޭގެބަދަލުގައި އެ ދަރަނި ބޭނުން ކުރަނީ ހިންގުމުގެ ހަރަދު ކުރުމަށް ކަމަށާއި އަދި ފައިސާ ދައްކަންޖެހޭ ހާލަތުގައި އެފައިސާ ދޭބަޔަކު ބުނިގޮތަކަށް ހަދަންޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ. އިދިކޮޅުން ދައްކަމުންދަނީ އެވާހަކަ ކަމަށް ސައީދު މިއަދު ވިދާޅުވިއެވެ.
"ކަމެއް ރަނގަޅުކުރުމުގެ ނިޔަތެއް އޮތްނަމަ ދައުލަތުގެ ޚަރަދަށް ޒިއްމާވުމުގެ ޤާނޫނު ސަސްޕެންޑްކޮށްފައި ފައިސާ ޗާޕްކުރުމުގެ އިތުރަށް ޓެކްސް ބޮޑުކުރަން ހުށަނޭޅީސް،" ސައީދު ވިދާޅުވިއެވެެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ބަޖެޓްގައި ފާހަގަކޮށްފައިވާ އަދަދަށް އަހަރު ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެ ކަމަށެވެ. މިއަދު ފިޗުން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައި ކަަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

1- ފ.މިނިސްޓަރގެ ޕްރެސްގައި އާވާހަކައެއްނެތް. ކުރިހާވެސްކަމަކީ ޓޫރިޒަމްއޮކިއުޕަންސީގެ ފުރަގަހަށްވަދެ ތަސައްވަރުއޮޅުވާލުން. މެދުރާސްތާގެޕްލޭންއެކޭވިދާޅުވަނީ 2023ގެފަސް.އެއީއެއްމެފަސޭހައިން ކަންކަމުންރެކެންބުނެވޭނެވާހަކަ.އިންތިހާބުއޮތީ 2023ގަ. pic.twitter.com/LZWU1e1UuE
— Mohamed Saeed (@em_saeed) October 13, 2022
ސައީދު އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރުކޮޅު ހުސްކޮށްލުމުގެ އިތުރަށް ޔޫޒަބަލްރިޒާވު އިންތިހާޔަށް ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ ފިޗްގެ ރިޕޯޓުގައިވެސް ބުނެފައިވަނީ ބޭރުންނަގާ ދަރަނި ބޭނުން ކުރަނީ އާމްދަނީ އިތުރު ކުރުމަށް ނޫންކަމުގައި ކަމަށެވެ.
އޭގެބަދަލުގައި އެ ދަރަނި ބޭނުން ކުރަނީ ހިންގުމުގެ ހަރަދު ކުރުމަށް ކަމަށާއި އަދި ފައިސާ ދައްކަންޖެހޭ ހާލަތުގައި އެފައިސާ ދޭބަޔަކު ބުނިގޮތަކަށް ހަދަންޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ. އިދިކޮޅުން ދައްކަމުންދަނީ އެވާހަކަ ކަމަށް ސައީދު މިއަދު ވިދާޅުވިއެވެ.
"ކަމެއް ރަނގަޅުކުރުމުގެ ނިޔަތެއް އޮތްނަމަ ދައުލަތުގެ ޚަރަދަށް ޒިއްމާވުމުގެ ޤާނޫނު ސަސްޕެންޑްކޮށްފައި ފައިސާ ޗާޕްކުރުމުގެ އިތުރަށް ޓެކްސް ބޮޑުކުރަން ހުށަނޭޅީސް،" ސައީދު ވިދާޅުވިއެވެެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ބަޖެޓްގައި ފާހަގަކޮށްފައިވާ އަދަދަށް އަހަރު ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެ ކަމަށެވެ. މިއަދު ފިޗުން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން ވަނީ އެއް ހަމައެއްގައި ހިފަހައްޓާފައި ކަަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު