އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެެމަޖެންސީތަކަށް ބަޖެޓް އިތުރުކުރުން މުހިންމު ކަމަށް ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެެވެ. އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާތީ އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ފަހަކަށް އައިސް މޫސުމީ ބަދަލުތަކާ ގުޅިގެން ރަށްރަށަށް އުދައަރައި ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާ ކަމަށެވެެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި މީހުންނަށް ލިބޭ ގެއްލުންތަކަށް ކުއްލި ހާލަތުގައި އެހީތެެރިކަން ލިބެންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.
"އާ އަހަރުގެ ދައުލަތުގެ ބަޖެޓް ހަދާއިރު މިފަދަ އެމަޖެންސީތަކަށް ބަޖެޓް އިތުރުކުރުން މުހިންމު." ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވިއެެވެ.
އަމީން މިހެން ވިދާޅުވެފައިވާއިރު މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްރަށަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިފަހަކަށް އައިސް ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާއިރު އެފަދަ ގުދުރަތީ ކާރިސާ ތަކުގައި އާންމު ރައްޔިތުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ބޮޑެތި ހޭދަތައް ކުރަންޖެހިފައިވާ ކަންވެސް ފާހަގަ ކުރެވެއެވެެ.

މިފަހަކަށް އައިސް މޫސުމީ ބަދަލްތަކާ ގުޅިގެން ރަށްރަށަށް އުދައެރުމުގެ ގެއްލުންތައް ގިނަވާތަން މިދަނީ ފެންނަމުން. މީހުނަށް ލިބޭ ގެއްލުންތަކަށް ކުއްލި ހާލަތުގައި އެހީތެެރިކަން ލިބެންޖެހެ. އާ އަހަރުގެ ދައުލަތުގެ ބަޖެޓް ހަދާއިރު މިފަދަ އެމަޖެންސީތަކަށް ބަޖެޓް އިތުރުކުރުން މުހިންމު. pic.twitter.com/AbitN4BvG8
— Ameen Ibrahim (@ameenmaldives) October 13, 2022
"އާ އަހަރުގެ ދައުލަތުގެ ބަޖެޓް ހަދާއިރު މިފަދަ އެމަޖެންސީތަކަށް ބަޖެޓް އިތުރުކުރުން މުހިންމު." ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވިއެެވެ.
އަމީން މިހެން ވިދާޅުވެފައިވާއިރު މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ބައެއް ރަށްރަށަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިފަހަކަށް އައިސް ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައް ލިބެމުންދާއިރު އެފަދަ ގުދުރަތީ ކާރިސާ ތަކުގައި އާންމު ރައްޔިތުންގެ ގެދޮރާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ބޮޑެތި ހޭދަތައް ކުރަންޖެހިފައިވާ ކަންވެސް ފާހަގަ ކުރެވެއެވެެ.
ކިޔުންތެރިންގެ ހިޔާލު