ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ 6 މީހުންނާ އެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން "ހައިރާތު" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 11:01 ހާއިރުކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ވަގުތު އެ ހިސާބުން ދަތުރުކުރި "ދަ ފިއުލް 08" ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މަޢުލޫމާތު ލިބިފައިކަމަށެވެ. އަދި ކަނޑުގަދަކަމުން ނުދުއްވޭ ކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ހަކުރާ" ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ ދޯނީގެ ވެރިފަރާތާ ގުޅިގެން، އެ ދޯނި ކަފުޖެހުމަށް ކާށިދޫން މިއަދު 14:00 ހާއިރު ވަނީ އިތުރު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލާފައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު