އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރެވެމުންދާކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މިހާރު މަސައްކަތްކުރަމުންދަނީ 41.5 ބިލިއަން ރުފިޔާ ބަޖެޓެއް ހުށަހެޅުމަށްކަމަށާއި، ނަމަވެސް ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުންވެސް އެކަށީގެންވާކަމަށެވެ.



ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނީ މިމަހުގެ 31 ވަނަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުުކުރުމުގައި މިހާރު ކުރިއަށްދަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާއި މަޝްވަރާތައްކަމަށް ފިނޭންސުން ބުނެއެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.



ކިޔުންތެރިންގެ ހިޔާލު