ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. ފޮނަދޫއާއި ގުޅިފައިވާ ރަށްތައް ކަމަށްވާ ލ. އިސްދޫއާއި ލ. ކަލައިދޫގައި އޮޕަރޭޓްކުރާ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކަރުދާސް ޓިކެޓް ވިއްކަން ފަށަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ، ކަރުދާސް ޓިކެޓު ދޫކުރަން ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ، ކަރުދާސް ޓިކެޓް ލިބެން ހުންނާނީ ބަހުން ކަމަށާއި ބަސް ޓާމިނަލްތަކުން ކަރުދާސް ޓިކެޓް ލިބެން ނުހުންނާނެ ކަމަށެވެ. އަދި ބަހުގައި ފައިސާ މާރު ކުރެވެން ވެސް ނުހުންނާނެތީ، ކަރުދާސް ޓިކެޓް ނަގާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވެސް އެމްޓީސީސީން އިލްތިމާސް ކުރެއެވެ.

ކަރުދާސް ޓިކެޓް ތައާރަފު ކުރިނަމަވެސް، ކުރިއެކޭވެސް އެއްގޮތަށް، އާރްޓީއެލް އެޕް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނަގައިގެން ބަހުގައި ދަތުރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ ކަރުދާސް ޓިކެޓް ތައާރަފް ކުރީ އިސް ރަށްވެހިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު