މާލޭގެ ވަށައިގެން ޖަހާފައިވާ އެއްގަމު ތޮށި، ޖަޕާނުގެ އެހީގައި އަޕްގްރޭޑް ކުރަން ސާވޭ ކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އާއި ޕްލޭނިން މިނިސްޓްރީ އާއި ދެމެދު މި ފަހުމުނާމާގައި ސޮއި ކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މިއަދު ސޮއި ކުރި ފަހުމުނާމާގެ ދަށުން، މާލޭ އެއްގަމު ތޮށި އަޕްގްރޭޑް ކުރުމާއި މާލޭގެ ފެން ހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސަރވޭތައް ކުރާނެއެވެ. އަދި މި ސާވޭތައް ކުރާނީ ޖައިކާގެ ހިލޭ އެހީގައެވެ.

މާލެ ވަށައިގެން ޖަހާފައިވާ ތޮއްޓަކީ ޖަޕާނުގެ އެހީގައި މީގެ 35 ވަރަކަށް އަހަރު ކުރިން ޖަހާފައިވާ ތޮއްޓެކެވެ. އޭގެ ފަހުން އެކި ބޭނުންތަކުގައި ތޮށިން ބައިބައި ނަގާ އެހެންތަންތަނަށް ބަދަލު ކުރުންފަދަ ކަންކަން ވަރަށް ގިނަފަހަރު ކޮށްފައިވެއެވެ. ނަމަވެސް، އެކަމާގުޅޭ ރަނގަޅު ދިރާސާއެއް މިހާތަނަށް ހަދާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު