އަހުމަދު މަސްނޫމް   12 އޮކްޓޯބަރު 2022 - 22:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތީ މިރޭ އިރާކޮޅުގެ ވަގުތެއްގަައެެވެ. އެމަނިކުފާނު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ވަލްނަރަބްލް 20 ގައުމެއްގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.



ރައީސް ނަޝީދުގެ މިދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިބައްދަލުވުމަކީ މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެއް ކަމަށެވެެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އައިއެމްއެފް އާއި ވަރލްޑް ބޭންކް އަދި ސީވީއެފްގެ އިސްވެރިންނާ ބައްދަލު ކުރަށްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު