ކުރިއާއި އަޅާބަލާއިރު ރާއްޖޭގެ ޖުޑިޝަރީ އެތައް ހާސް ގުނައެއް ރަނގަޅުވަމުން އަންނަތަން ފެންނަން ފަށައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލު އެކުއެކީގައި ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުމުން އެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއާއިމެދު ރައްޔިތުން ކުރަމުންދިޔަ އިތުބާރާއި ރައްޔިތުން ކުރަމުންދިޔަ އުއްމީދު މިއަދު ހަގީގަތަކަށް ވަމުން އަންނަ ކަމަށެވެެ.
އެގޮތުން ޖުޑިޝަރީ އިންސާފުގެ މަގަށް ރުޖޫއަވެ ފަނޑިޔާރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭ ބަޔެެއް ކަމަށް ބަދަލު ކުރެވިފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ ފަނޑިޔާރުންނަކީ މަގުމަތީގައި ހިންގާ ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނަ ބަޔަކަށް ހެދިއްޖެ ކަމަށާއި ފަނޑިޔާރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑުގެ ތެރޭގައި ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެެ. މިއަދު ރާއްޖޭގެ ހުރިހާ ކޯޓުތަކުން ހުކުމްކުރަމުންދަނީ އަދުލް އިންސާފަށް ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
"ހުކުމަކީ އަދުލް އިންސާފަށް ކުރަންޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރެވި ސްޕުރީމް ކޯޓެއް ހައިކޯޓެއް ދަށު ކޯޓެއް ނެތި މިއަދު މިދަނީ އިންސާފަށް ހުކުމްކުރަމުން. އެހެންވީމަ ކަމެއް ރަނގަޅުވާން ވަގުތުތަކެއް ނަގާނެ. މިއަދު ހަމަ ޔަގީނުން ވެސް ކުރިއާއި އަޅާބަލާއިރު ދިވެހި ރާއްޖޭގެ ޖުޑިޝަރީ އެތައް ހާސް ގުނައެއް ރަނގަޅުވަމުން ދާތަން އެބަފެނޭ،. ޖޭއެސްސީ އަށް ފަޑިޔާރުންނާއި ގުޅޭ މައްސަލަ ހުށައެޅުމަކީ މިއަދު އެންމެ ފަސޭހަ އެއް ކަންތައް." ސައުދު ވިދާޅުވިއެެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ރާއްޖޭގެ ޖުޑިޝަރީ އޮތީ ވަރަށް އަނދިރި ކަޅު ވިލާގަނޑެއްގެ ދަށުގައި ކަމަށެވެެ. އެގޮތުން ޔާމިންގެ ސަރުކާރުގައި ސްޕުރީމް ކޯޓުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، ދަށު ކޯޓަކުން ކުރާ ހުކުމްތަކަކީ ބާޒާރުމަތިން ގަންނަން ލިބޭ އެއްޗަކަށް ހަދާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"ވަކީލުންނަކީ ޝަރީއަތް ފިކްސް ކުރާ އެއްޗަކަށްވެފައި އޭރު އޮތީ. އެންމެ ބޭފުޅުންނެއް ނޫން، އޭގެ ތެރޭގައި ވަކި ބަޔެއް. އެހެންވީމަ ޖުޑިޝަރީ އަކީ ދިވެހި ރައްްޔިތުން ގަބޫލުކުރާ މިންގަޑެއް ހަމަތަކެއް އުސޫލަކަށްވެފައި އޮތް ތަނަކަށް ވެސް ވެފައި ނެތީ. ފަޑިޔާރުންގެ ސުލޫކީ މައްސަލަ އެއް ބަލަން ގާނޫނު އަސާސީން ބާރު ދީފައިވާ ޖޭއެސްސީ އަކީ ވަކި ބަޔެއްގެ މުށުތެރޭގައި އޮތް އެއްޗަކަށް ވެފައިވަނީ. ފަޑިޔާރެއްގެ މައްސަލަ އެއް ބަލަން ޖޭއެސްސީއަށް ފޯމެއް ލައި މައްސަލަ އެއް ހުށައެޅުމަކީ އެ ހުށައަޅާ މީހާ ނެތިދިއުމުގެ ބިރު އިހުސާސް ކުރެވިފައި އޮތީ. އެއީ މިގައުމުގެ ހާލަތު." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޖުޑިޝަރީ އޮތް ގޮތް ސިފަ ކޮށްދެއްވަމުން ސައުދު ވިދާޅުވިއެެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން ސައުދު ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއަށް ބޮޑެތި ބަދަލު ތަކެއް ގެންނަންޖެހޭ ކަމަށެވެެ. އެގޮތުން އެންމެ ބޮޑު ބަދަލަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށާއި މިހާރު އެމަސައްކަތް ފެށިފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"ޖޭއެސްސީ އިސްލާހުކުރަންވީ ކޮން ފޯމިއުލާއަކަށްތޯ ކޮން ގޮތަކަށްތޯ ދެން އަންނަ ބަދަލާއެކު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ކަނޑައަޅައި ދެން ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަށް ކުރާ މައިގަނޑު އެއް މަސައްކަތަކީ ޖޭއެސްސީ އިސްލާހުކުރުން." ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު