ބޯހިމެނުމުގެ މަސައްކަތް އިތުރު އެއް ހަފްތާއަށް އިތުރުކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނިންމައިފިއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނީ ބޯހިމެނުމުގެ މަސައްކަތް އިތުރު އެއް ހަފްތާއަށް އިތުރުކުރަން ނިންމީ މާލެ ސަރަހައްދުން އެކި ސަބަބުތަކާ ގުޅިގެން ބޯހިމެނުމުގައި ބައިވެރިނުވާ މީހުންގެ މައުލޫމާތު އެއް ކުރުމަށްކަމަށެވެ.
ބިއުރޯއިން ބުނީ ތަޅުލާފައި ހުރުމުގެ ސަބަބުން މައުލޫމާތު ނުލިބިވާ ގެތަކުގެ ތެރެއިން 41 ޕަސެންޓު ގޭގެ މައުލޫމާތު މިހާރު އެއް ކުރެވިފައިވާ ކަމަށެވެ. އަދި ބޯހިމެނުމުގައި ބައިވެރިނުވެވޭ ކަން އަންގަމުންދާ ފަރާތްތަކުގެ މައުލޫމާތުވެސް މިހާރު އެއް ކުރަމުންދާކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މި ހުރިހާ މަސައްކަތެއް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ފެށީ މިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.
މި މަސައްކަތް އެއްކޮށް ނިންމާލައި، ބޯހިމެނުމުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ގައެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު