މިއަހަރުގެ މިހާތަނަށް ފޮސްޓަރ ކުރުމުގެ ގަވާއިދުގެ ދަށުން 9 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.
2020 ވަނަ އަހަރު އަމަލުކުރަން ފެށި ފޮސްޓަރ ކުރުމުގެ ގަވާއިދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ހެދިބޮޑުވުމުގައި ޢާއިލާގެ ލޯތްބާއި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭހެން ބޮޑެތިވުމުގެ މަގުފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
ގަވާއިދަށް ޢަމަލުކުރަން ފެށި ފަހުން މިދިޔަ ދުވަސްތަކުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން، 2020 ވަނަ އަހަރު 1 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާއިރު، 2021 ވަނަ އަހަރު 3 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 9 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށްވެސް އެމިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
މިނިސްްޓްރީން ބުނީ ފޮސްޓަރކުރުމުގައި ގިނަ ޢާއިލާތަކުން އެދެނީ ވީހާވެސް ތުއްތު ކުދިންގެ ގާނޫނީ ބެލެނިވެރިކަން ހޯދުމަށްކަމަށެވެ. އެހެންކަމުން 3 އަހަރުން މަތީގެ ކުދިން ފޮސްޓަރކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ފޮސްޓަރިންގެ ގަވާއިދަށް އިތުރު ބަދަލުތަކެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ވަގުތީ ފޮސްޓަރިން ހޯމްސް ހެދުމަށްފަހު ވަކިތަނެއްގައި ކުދިން މަރުކަޒު ނުކޮށް މުޖުތަމަޢުތެރޭ ކަނޑައެޅޭ ޚާއްސަ ގެތަކުގައި ކުދިން ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޖެންޑަރއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު