ގައުމެއް ބިނާ ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވިސްނުމާއި ބުއްދި ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެހީތެރިކަމާއެކު ތައްޔާރުކުރި ދެ ފޮތެއް އިފްތިތާހު ކުރުމަށް އިއްޔެ އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ގައުމެއް ބިނާ ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ވިސްނުމެއް ބުއްދިއެއް، ތަސައްވަރެއް، މަންޒަރެއް، އުންމީދެއް އަދި ހުވަފެނެއް ވެސް ނެތުން ކަމަށެވެ.
އަދި އެ ކަންކަން ވިސްނުމަށް ގެނެސް ތަސައްވަރު ނުކުރެވުމަކީ އެކަމުގައި ދިމާވާ އެންމެ ބޮޑު ދަތިކަންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަންކަން އެގޮތަށް ނުވަނީ، ފޮތް ކިޔުމުގެ މަސައްކަތް ނުކުރެވޭތީ ކަމަށާއި ފޮތާއި ދުރުވެވޭތީ ކަމަށެވެ.
އެހެންކަމުން ގައުމެއް ބިނާ ކުރުމުގައި ފޮތްތެރިކަމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަފުސީލު ގޮތެއްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އިއްޔެ ޔުނިވާސިޓީގައި އޮތް ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ދަރިވަރުންގެ އަމީރު، ލީލާ އަޙްމަދު ލިޔުއްވި ދެ ފޮތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނެރެދެއްވާފައެވެ.
އެ ފޮތްތައް ނެރެދެއްވުމަށް ފަހު، ކުރީގެ ރައީސް ނަޝީދު ވަނީ އެމްއެންޔޫގެ ފޮތް މައުރަޒު ވެސް ހުޅުވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު