ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން އެ ސިޓީގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު