ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބުނާ ވާހަކައާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ފާޑުވިދާޅުވެއްޖެއެވެ.
އިޔާޒު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް މެންބަރަކު ވިދާޅުވާނީ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެތަނުގައި ހިނގާތީ ކަމަށެވެ. އަދި ބައެއް މެންބަރުންގެ ބަހާއި އަމަލު ހުންނަ ގޮތުން އެކަމަށް (މަސްތުވާ ތަކެތި ގެންގުޅޭކަމަށް) ޝައްކުވާވަރު ވާކަމަށް ވެސް އިޔާޒު ވަނީ ވިދާޅުވެފައެވެ.
އިޔާޒު އިތުރަށް ވިދާޅުވީ، މަޖިލީހަކީ ކިތަންމެ ގަދަރުވެރި މަޖިލީހެއް ނަމަވެސް، އެފަދަ ކަމެއް އެތާތެރޭ ހިނގައިގެން ނުވާނެ ކަމަށެވެ.
`
އިޔާޒު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތަޅުމުގައި ހިނގި ބަހުސްގައި، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ވަގަށް ގޮވާފައެވެ.
އޭގެ ރައްދުގައި ޝަރީފް ވަނީ ޖާބިރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި އަދި މަޖިލީހުގެ އިދާރާގައި އެކަން ކުރައްވާކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވާފައެވެ.

މެމްބަރަކު @mvpeoplesmajlis ކުރާގޭގައި މަސްތުވާތަކެތި ގެންގުލޭވާހަކަ ވިދާޅުވާނީ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އެތަނުގައި ހިނގާތީ. ބައެއް މެމްބަރުންގެ ބަހާއި ޢަމަލު ހުންނަގޮތުން އެކަމަށް ޝައްކު އުފެދޭވަރުވޭ.ކިތަންމެ ޤަދަރުމަތީ މަޖްލިހެއް ކަމަކު އެފަދަކަމެއް ހިނގިޔަދީގެންނުވާނެ
— Dr.Mohamed Iyaz (@dr_iyaz) October 12, 2022
އިޔާޒު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ތަޅުމުގައި ހިނގި ބަހުސްގައި، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ވަގަށް ގޮވާފައެވެ.
އޭގެ ރައްދުގައި ޝަރީފް ވަނީ ޖާބިރަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށާއި އަދި މަޖިލީހުގެ އިދާރާގައި އެކަން ކުރައްވާކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު