މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް ލިބިފައިވާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށް އެންވާރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ މިފަދައިން ވިދާޅުވީ، މަލްޓިސްޓޭކްހޯލްޑާރ ކޮންސަލްޓޭޝަން ވިތް ޔަންގް ޕީޕަލް އޮން ކްލައިމެޓް އެކްޝަންގެ ރަސްމިޔާތު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ މިވަނީ، ނުރައްކަލަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށްތައް ގިރުމާއި، ބިންތައް ހިކި އަނަރޫފަވުމާއި، އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމާއި، ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތަކަކީ، ހަމައެކަނި ކުރިއަށް އޮތްތާގައި އަޅުގަނޑުމެންނަށް ދިމާވާން އޮތް ބޮޑު ނުރައްކަލުގެ ވަރަށް ކުޑަ މިންވަރެއް. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އެއް ގައުމަކީ ދިވެހިރާއްޖެ.” ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ސަބަބުތަކުގައި ކުދި ގައުމުތަކުގެ ބައިވެރިވުން ކިތަންމެ ކުޑަ ނަމަވެސް، އެ ބަދަލު ތަކުގެ ނޭދެވޭ އަސަރު ކުރާ މިންވަރު އެންމެ ބޮޑީވެސް މިފަދަ ގައުމު ތަކަށް ކަމަށެވެ. އަދި، މި އަސަރުތައް އެންމެ ބޮޑަށް އުފުލަންޖެހެނީ ކުޑަކުދިންނާއި ނާޒުކު ގިންތިތަކުގެ މީހުންކަމަށް ވެސް ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ އަސަރުތައް އެބަ ފެންނަ ކަމަށެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިހާރު މި ދިމާވެފައިވާ ކާރިސާ ހައްލުކުރުމަށް އަމަލުކޮށް، ނަމޫނާ ދެއްކުމަކީ، ބޭނުންވާ ބަދަލުތައް ގެނައުމުގައި ކުރިއަށް ދިޔުމަށް އޮތް މަގުކަމުގައި ވެސް ޝައުނާ ވިދާޅުވިއެވެ.
މޫސުމާއި ބެހޭ މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އަދި އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބެވި ސަފީރުންގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޔޫއެންޑީޕީގެ ވެސް އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން އިއްޔެ ވަނީ ހާއްސަ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު