ރައީސް ޞާލިޙާއި ޗައިނާ ސަފީރު ބައްދަލުކުރައްވަނީ
ރައީސް ޞާލިޙާއި ޗައިނާ ސަފީރު ބައްދަލުކުރައްވަނީ
ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެ އެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީތެރިކަން ފޯރުކޮށްދިން ކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމުގައި ސަފީރު ވިދާޅުވިއެވެ. ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވުމުން ދަތުރުފަތުރު ކުރުމުގައި ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

ޗައިނާ ސަފީރުގެ ޓްވީޓާއި ގުޅިގެން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް އަވަސް މުސްތަގްބަލެއްގައި މިއެހީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ މިއަދު ބައެއް ދިވެހިން ސަފީރާ ކުރިމަތި ކުރުވި ސުވާލު ތަކަކާއި ގުޅިގެންނެވެ. ބައެއް މީހުން ސަފީރަށް ޓެގް ކޮށް، ޗައިނާގެ ތަޖުރިބާއާއި އެހީ މިދަނޑިވަޅުގައި ރާއްޖެއަށް ވަރަށް ބޭނުން ކަމަށާއި އެހީ ލިބޭނީ ކޮން އިރަކުންތޯވެސް ސުވާލު ކޮށްފައި ވެއެވެ. ސަފީރު ފުރަތަމަ ވިދާޅުވީ އެހީ ހުރީ ތައްޔާރަށް ކަމަށެވެ. ފަހުން ވަނީ މީގެ ތަފުސީލެއް ދެއްވައި ޓްވީޓް ކުރައްވާފައެވެ. ޗައިނާގެ ސަފީރު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފައިވާ އަދި ދިވެހި އާންމު ރައްޔިތުންނާ މުއާމަލާތް ކުރުމުގައި ވަރަށް ގާތް ކަމެއް ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން