ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ކާމިޔާބު ސިޔާސަތު ދުނިޔެއިން ބަލައިގެންފިކަން ދަނީ ހާމަވަމުންކަމަށް މިނިސްްޓަރ އޮފް ފޮރިން އެފެއާޒް އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބުވުމާއި ގުޅިގެން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުންނެވެ.
ޝާހިދު ވިދާޅުވީ މިއަދު ލިބުނު ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ދުނިޔެއިން ބަލައިގެންފައިވާކަމުގެ ހެއްކެއްކަމަށެވެ.
ޝާހިދު ވިދާޅުވީ ޚާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާއިރު އޭގެ އެންމެ އިސް ކަމަކަށް އޮތީ އިންސާނީ ހައްގުތައް ހިމާޔަތްކުރުން ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުން މިހާރު ގެންގުޅެމުން އަންނަ ހަރުދަނާ ސިޔާސަތުތައް މުޅި ދުނިޔޭގެ މަޖިލީހުން ގަބޫލުކޮށް ބަލައިގެންފައިވާކަން މިހާރު އެނގިގެންދާ ކަމުގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ ދާއިރާގައި އަރިމަތީގައި ތިބި ދުވަސް މާޒީވެ ހިނގައްޖެ ކަމަށާއި މިއަދު ރާއްޖެއާއި މި ސަރުކާރަކީ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ކާމިޔާބު ސަރުކާރެއް ކަމަށެވެ.
"ބައިނަލްއަގުވާމީ މަސްރަހުގައި ބަސް ބުނެ، ބަސް ގަބޫލުކުރާ ގަދަރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އަނެއްކާ ވެސް ސާބިތުވެގެން މިދިޔައީ. އދ ގެ މަޖިލީހުގައި ވިހުރޭ ދިވެހިރާއްޖޭގެ ދިދަ އަކީ ގަދަރުވެރި ދިދައެއްގެ ގޮތުގައި ސާބިތުވެގެން މިދިޔައީ. މި ކާމިޔާބީގެ އަލީގައި އަޅުގަނޑުމެން ސާބިތުކޮށްދޭނީ ރާއްޖެ އަކީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކަށް ބޯލަނބާ އެގޮތަށް އެހެން ގައުމުތަކަށް ބާރު އަޅާ ގައުމެއްކަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތިމާވެށީގެ ނުރަނގަޅު އަސަރުތަކުން ދުނިޔޭގެ ކުދި ގައުމުތަކަށް ކުރަމުންދާ އަސަރުތަކުން ސަލާމަތްވުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރުމަށްކަމަށެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވުނު މި އިންތިޚާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ޤައުމަކުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިޞްބަތްވާ ޤައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައެޅިފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.
189ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.
47 މެމްބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އ.ދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްޢިއްޔާއަކީ ތަފާތު ޚިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާކަމެކެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ތިން އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން ދެދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ލިބިގެންނުވެއެވެ. މިރޭ ބޭއްވުނު އިންތިޚާބުގައި އަލަށް ހޮވުނު މެމްބަރު ޤައުމުތަކުގެ ދައުރު ފެށޭނީ 1 ޖަނަވަރީ 2023 ގައެވެ.

Today, #Maldives has been elected to the @UN_HRC for the term 2023-2025
— Abdulla Shahid (@abdulla_shahid) October 11, 2022
The international community has once again demonstrated its trust in President @ibusolih’s robust foreign policy, and confidence in our national efforts to promote and protect human rights pic.twitter.com/iD0fXLQYoV
ޝާހިދު ވިދާޅުވީ ދިވެހިރާއްޖެ ބައިނަލްއަގުވާމީ ދާއިރާގައި އަރިމަތީގައި ތިބި ދުވަސް މާޒީވެ ހިނގައްޖެ ކަމަށާއި މިއަދު ރާއްޖެއާއި މި ސަރުކާރަކީ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ ކާމިޔާބު ސަރުކާރެއް ކަމަށެވެ.
"ބައިނަލްއަގުވާމީ މަސްރަހުގައި ބަސް ބުނެ، ބަސް ގަބޫލުކުރާ ގަދަރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ އަނެއްކާ ވެސް ސާބިތުވެގެން މިދިޔައީ. އދ ގެ މަޖިލީހުގައި ވިހުރޭ ދިވެހިރާއްޖޭގެ ދިދަ އަކީ ގަދަރުވެރި ދިދައެއްގެ ގޮތުގައި ސާބިތުވެގެން މިދިޔައީ. މި ކާމިޔާބީގެ އަލީގައި އަޅުގަނޑުމެން ސާބިތުކޮށްދޭނީ ރާއްޖެ އަކީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކަށް ބޯލަނބާ އެގޮތަށް އެހެން ގައުމުތަކަށް ބާރު އަޅާ ގައުމެއްކަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތިމާވެށީގެ ނުރަނގަޅު އަސަރުތަކުން ދުނިޔޭގެ ކުދި ގައުމުތަކަށް ކުރަމުންދާ އަސަރުތަކުން ސަލާމަތްވުމަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރުމަށްކަމަށެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވުނު މި އިންތިޚާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ޤައުމަކުން ވަނީ ކުރިމަތިލާފައެވެ. އެގޮތުން ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިޞްބަތްވާ ޤައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައެޅިފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.
189ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިޚާބުވެފައެވެ.
47 މެމްބަރުންގެ މައްޗަށް މިމަޖިލިސް އެކުލަވާލެވިފައިވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގައި އ.ދ. އަށް ލިބިފައިވާ އިމްތިޔާޒަށް އިތުރު ބާރެއް ލިބި، އެޖަމްޢިއްޔާއަކީ ތަފާތު ޚިޔާލުތަކަށް ތަންދޭތަނެއްކަން ދޭހަވާކަމެކެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ތިން އަހަރުކަމުގައިވާއިރު، ޖެހިޖެހިގެން ދެދައުރަކަށް ކުރިމަތިލުމުގެ ފުރުޞަތު އެއްވެސް ޤައުމަކަށް ލިބިގެންނުވެއެވެ. މިރޭ ބޭއްވުނު އިންތިޚާބުގައި އަލަށް ހޮވުނު މެމްބަރު ޤައުމުތަކުގެ ދައުރު ފެށޭނީ 1 ޖަނަވަރީ 2023 ގައެވެ.
ކިޔުންތެރިންގެ ހިޔާލު