އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރުމާއެކު އެކައުންސިލްގައި މުހިންމު މަސައްކަތްތަކެއް ރާއްޖެއިން ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ވާދަކުރި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި މިރޭ ވަނީ ރާއްޖެއަށް ކާމިޔާބުވެފައެވެ. ރާއްޖެއިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އދގައި މިރޭ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓު ކާމިޔާބުކޮށްގެންނެވެެ. 189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. ހިއުމަން ރައިޓްސް ގޮނޑި ރާއްޖެއިން ކާމިޔާބު ކުރުމާއި ގުޅިގެން "ރަސްއޮންލައިން" އަށް ދެެއްވި އިންޓަވިއު އެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިރޭ ވިދާޅުވީ އެގޮނޑިއަށް ރާއްޖެ އިންތިޚާބުވުމުން އެނގިގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބުކަން ކަމަށެވެ.
މިއުވާން ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަކީ ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ގޮނޑި ކާމިޔާބުވުމާއެކު އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެ ހޮވިގެން މިދިޔައީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރު ނިމުނުތަނާ، އެހެންވީމަ ރައީސް ސާލިޙުގެ ސަރުކާރުގައި ބައިނަލްއަގުއާމީ މައިދާނުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން މިދަނީ. އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގައި 2023 އިން 2025 އަށް ހިނގާ މި ދައުރުގައި ރާއްޖެ އިން މުހިންމު މަސައްކަތްތަކެއް ކުރާނެ،" މިއުވާން ވިދާޅުވިއެވެ.
ރާއްޖޭގެ އިތުރުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ގައުމެއް މިރޭ ވަނީ އިންތިހާބުވެފައެވެ. ރާއްޖެއިން ވާދަކުރީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ.
މީގެކުރިންވެސް 2011 އިން 2016ގެ ނިޔަލަށް ދެ އިންތިޚާބެއް ކާމިޔާބުކޮށް ރާއްޖެ އެ ކައުންސިލުގައި ހިމެނިފައިވާއިރު، މިއީ ރާއްޖެ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި 3 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު