އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލް ނުވަތަ ހިއުމަން ރައިޓްސް ކައުންސިލަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެއެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވީ އެކަމަށްޓަކައި އދގައި މިއަދު ނެގި ވޯޓުގައެވެ.

ރާއްޖެ އިންތިހާބުވެފައިވަނީ 2023 އިން 2025 ވަނަ އަހަރާއި ހަމައަށް ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށެވެ. 14 ޤައުމު އިންތިހާބުކުރި ކައުންސިލަށް ރާއްޖެ އިންތިހާބުވީ އޭޝިޔާ ޕެސިފިކް ސަރަހައްދުން އިންތިހާބު ކުރާ 4 ޤައުމުގެ ތެރެއިން ޤައުމެއްގެ ގޮތުގައެވެ.



ރާއްޖޭގެ އިތުރުން މި ކައުންސިލަށް އިންތިހާބުވީ އަލްޖީރިއާ، ބަންގްލަދޭޝް، ބެލްޖިއަމް، ޗިލީ، ކޮސްޓަރިކާ، ޖޯޖިޔާ، ޖަރުމަން، ކިރިގިސްތާނު، މޮރޮކޯ، ރޮމޭނިއާ، ސައުތު އެފްރިކާ، ސޫދާން އަދި ވިއެޓްނާމެވެ.

އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް މެމްބަރުން ހޮވާފައިވަނީ ސިއްރު ވޯޓެއް ނަގައިގެނެވެ. މިއީ ރާއްޖެ މި ކައުންސިލަށް އިންތިހާބުވި 3 ވަނަ ފަހަރެވެ.

ރާއްޖެއިން ވަނީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް އިންތިހާބުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު