ފުވައްމުލައް އޮތީ ކާޑަށް ޖެހިފައި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދޮގުކުރަށްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެވާހަކަ ދޮގުކުރެއްވި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރުކަމާއި މާލޭސިޓީކައުންސިލްގެ މެމްބަރުކަން ކުރެއްވި އަޙްމަދު އަބްދުލްކަރީމް (ރުކުމާ) ފުވައްމުލައް އޮތީ ކާޑަށް ޖެހިފައި ކަމަށް ވިދާޅުވެ ދެެއްކެވި ވާހަކަތަކާއި ގުޅިގެންނެވެެ.
އިދިކޮޅު ޕީޕިއެމް ގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ފުވައްމުލައް އޮތީ ކާޑަށް ޖެހިފައި ކަމަށާއި، އަސާސީ ތަކެތި ރާއްޖޭގެ ރަށްރަށައް ފޯރުކޮށްދިނުމުގައި ރައީސް ސާލިޙުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
ރުކުމާގެ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ދެއްވީ ފުވައްމުލަކުގެ ބަހުރުވައިންނެެވެ. މިިއުވާން ވަނީ ފުވައްމުލަކާއި ގުޅޭގޮތުން ރޯ ބުހުތާނު ދޮގު ނުހެދުމަށް އެދިވަޑައިގެން ފައެވެ.
"އަހަރެމެންގެ ރަށު މީހުންނަކީ ތިކަހަލަ ދޮގު ވާހަކަތަކަަށް ހެއްލޭނެ ބަޔެއް ނޫން،" ފުވައްމުލަކު ބަހުރުވައިން ރުކުމާއަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވިއެވެ.

❌️ ރަށަހަ ގޮހޮ ބުހުތާނި ފެން ނިޖެހޭ ދޮގޮ ނިހަދަ! ތިކަހަލަ ވެޑެސެޑެ ކޭގެން ހެއްލެންނެން ބައެކެން އަފުން ރަށެކި ނެއު. pic.twitter.com/8ZgNAssNtu
— Miuvan (@Miuvaan) October 11, 2022
އިދިކޮޅު ޕީޕިއެމް ގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ފުވައްމުލައް އޮތީ ކާޑަށް ޖެހިފައި ކަމަށާއި، އަސާސީ ތަކެތި ރާއްޖޭގެ ރަށްރަށައް ފޯރުކޮށްދިނުމުގައި ރައީސް ސާލިޙުގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.
ރުކުމާގެ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ރައްދު ދެއްވީ ފުވައްމުލަކުގެ ބަހުރުވައިންނެެވެ. މިިއުވާން ވަނީ ފުވައްމުލަކާއި ގުޅޭގޮތުން ރޯ ބުހުތާނު ދޮގު ނުހެދުމަށް އެދިވަޑައިގެން ފައެވެ.
"އަހަރެމެންގެ ރަށު މީހުންނަކީ ތިކަހަލަ ދޮގު ވާހަކަތަކަަށް ހެއްލޭނެ ބަޔެއް ނޫން،" ފުވައްމުލަކު ބަހުރުވައިން ރުކުމާއަށް ރައްދު ދެއްވަމުން މިއުވާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު