އިބްރާހިމް ފަހީމް   11 އޮކްޓޯބަރު 2022 - 20:4
ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލައް ސިޓީގައި ފެންވޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ފުވައްމުލައް ސިޓީ، މިސްކިތްމަގު އަވަށުގައި ފެން ބޮޑުވެފައިވާތީ އެ ސަރަހައްދުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެ ސަރަހައްދުތަކުގެ ބައެއް ގޭގެއަށް ފެންވަންނަން ފެށުމުން، އެކަމުގައި ސިފައިންގެ އެހީތެރިކަމަށް އެދުމުން، މިއަދުގެ ހެނދުނު 09:55 ހާއިރުން ފެށިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދުވެސް ވަނީ މުޅި ރާއްޖެއަށް ވައިޓްއެލަރޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު