ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ބަސް މަޑުކުރާ ބަސް ސްޓޮޕްތައް ހިޔާކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ހުރިހާ ބަސް ސްޓޮޕްތައް މިއަހަރު ނިމުމުގެ ކުރިން ހިޔާ ކުރެވޭނެ ކަމަށެވެ.
މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 36 މިނީ ބަސް އެމްޓީސީސީން ވަނީ ރާއްޖެ ގެނެސްފައެވެ. މާލޭގެ އިތުރުން މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދެނީ އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ. އާރުޓީއެލް ބަހުގެ ޚިދުމަތުގެ އިތުރުން ފެރީގެ ޚިދުމަތް ވެސް އެމްޓީސީން މިހާރު އަންނަނީ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރަމުންނެވެ.

Raajjeyge hurihaa Rashehga huri hurihaa #RTL ge bus stop thah mi aharu nimumuge kurin hiyaa kureveyne. @MTCCPlc #Male’ #AdduCity #FuahmulahCity #LaamuAtoll #RaajjeTransportLink @governmentmv pic.twitter.com/plroTrAICv
— Adam Azim (@adamazim) October 11, 2022
މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 36 މިނީ ބަސް އެމްޓީސީސީން ވަނީ ރާއްޖެ ގެނެސްފައެވެ. މާލޭގެ އިތުރުން މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދެނީ އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ. އާރުޓީއެލް ބަހުގެ ޚިދުމަތުގެ އިތުރުން ފެރީގެ ޚިދުމަތް ވެސް އެމްޓީސީން މިހާރު އަންނަނީ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު