މިއީ ލާމަރުކަޒީީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރުކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ އިންތިހާބުތައް ގަނޑުކޮށް ބޭއްވުމަށް ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ޝިފާއު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ރައީސް ސާލިހުގެ ސަރުކާރުން ބޮޑެތި އިސްލާހުތަކެއް ގެނެސް ރައްޔިތުންނަށް މިއަދު އޭގެ ފައިދާތައް ކުރަމުންދާކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަސައްކަތްވެސް ހަލުވިވެގެން ގޮސްފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއުގެ ވާހަކައިގައި މި ސަރުކާރުން ރަށްރަށުގެ ބޯހިޔާވަހިކަމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

"މި ސަރުކާރަކީ އުމްރާނީ ތަރައްގީގެ ސަރުކާރެއް. އަވަސް އަވަހަށް އިންތިހާުބުތައް ބޭއްވުމަށްވުރެ އެ ފައިސާވެސް އުމްރާނީ ތަރައްގީއަށް ހަރަދުކުރުން މުހިއްމު. މިއީ ލާމަރުކަޒީީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރު. ކައުންސިލްތަކަށް ބާރު ދިނުމާއެކު މުހިއްމު މަސައްކަތްތަކެއް ކުރަމުން އެބަދޭ. އެއްވެސް ރަށެއް ބާކީ ނުކޮށް ހުރިހާ ރަށަކަށް ތަރައްގީގެ މަޝްރޫޢުތައް އެ ދަނީ ހިންގަމުން. އަތޮޅުތެރޭގެ ރަށްރަށުގައި ބޯހިޔާވަހިކަން މި ސަރުކާރުން ޤާއިމްކުރި." ޝިފާއު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ކުރިއެރުމަށް ކުރައްވާ މަސައްކަތަކަށް އަލިއަޅުއްވާލައްވަމުން ޝިފާއު ވިދާޅުވީ ކުރީ ސަރުކާރުން މަސްވެރިންނަށް 38 މިލިއަން ރުފިޔާ ނުދީ އޮތްކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ފައިސާ ދައްކާފައިވާކަމަށާއި ރަށްރަށުގެ އައިސް ޕްލާންޓްތައްވެސް ތަރައްޤީކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަން ޝިފާއު ފާހަގަކުރެއްވިއެވެ.

ޝިފާއު ވިދާޅުވީ މަސްވެރިންނަށް މެދުނުކެނޑި މިއަދު އައިސް ލިބޭއިރު ބަނާހާ މަހެއް ގަނެ، މަސްވެރިންނަށް ސަރުކާރުން ފައިސާ ދެމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު