ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް އަނެއްކާވެސް ބޭރު މީހަކު އައްޔަންކޮށްފިއެވެ.
ދިވެހި ގައުމީ ބޭންކުގެ ސީއީއޯގެ މަޤާމަށް މިފަހަރު އައްޔަންކޮށްފައިވަނީ މރ. ކާރލް ސްޓުމްކަ ނަމަކަށް ކިޔާ މީހެކެވެ. އެއީ ކޮން ގައުމެއްގެ މީހެއްކަމެއްވެސް ނޭނގެއެވެ.
ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ބޭރު މީހަކު އައްޔަންކޮށްފައިވާއިރު އެންމެފަހުންވެސް އެ މަޤާމުގައި ހުރީ ބިދޭސީއެކެވެ. އަދި މިފަހުން މުޅިންވެސް އެ މަޤާމަށް އައްޔަންކުރަނީ ބިދޭސީންނެވެ.
ބީއެމްއެލަކީ ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮވެގެން ހިނގާ ބެންކަކަށްވާއިރު، އެ ބޭންކަށް ދިވެހި ސީއީއޯއެއް އައްޔަންނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް މިހާރު އައްޔަންކުރި ކާރލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ޤައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއްކަމަށް ބީ.އެމް.އެލުން ބުނެއެވެ.
މީގެކުރިން ވެސް މިފަދަ ބިދޭސީ ސީއީއޯއިން އެންމެ އިސް މަގާމަށް ލައިގެން ބޭންކް ހިންގި ނަމަވެސް ބޭންކަކަށް މާބޮޑު ކުރިއެރުން ތަކެއް އަދި ދިވެހިންގެ އިތުބާރެއް ވެސް ހޯދިފައެއް ނުވެއެވެ. މިހާރު ވެސް ބީއެމްއެލްގެ އެކައުންޓް ތަކުން ވާނުވާ ނޭނގި މުއާމަކާތްތައް ހިންގާ ކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
ކޯވިޑާ ގުޅިގެން ކަމަށްބުނެ ދިވެހިންނަށް ބޭންކުން ދޫކޮށްފައިވާ ކާޑް ތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު 250 ޑޮލަރަށް ކުޑަކުރި ގޮތަށް އަދިވެސް އެ ފިއްތުން ވެސް ދޫކޮށެއް ނުލައެވެ.

We’re pleased to announce our decision to appoint Mr. Karl Stumke as our new Chief Executive Officer. Karl brings over 36 years of experience leading banks at Executive and Board level in the Middle East, Africa, Indian Oceans and UK. We wish him success in his new position! pic.twitter.com/amsrzSq18k
— Bank of Maldives (@bankofmaldives) October 11, 2022
ބީއެމްއެލަކީ ދިވެހި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮވެގެން ހިނގާ ބެންކަކަށްވާއިރު، އެ ބޭންކަށް ދިވެހި ސީއީއޯއެއް އައްޔަންނުކުރާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް މިހާރު އައްޔަންކުރި ކާރލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ޤައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއްކަމަށް ބީ.އެމް.އެލުން ބުނެއެވެ.
މީގެކުރިން ވެސް މިފަދަ ބިދޭސީ ސީއީއޯއިން އެންމެ އިސް މަގާމަށް ލައިގެން ބޭންކް ހިންގި ނަމަވެސް ބޭންކަކަށް މާބޮޑު ކުރިއެރުން ތަކެއް އަދި ދިވެހިންގެ އިތުބާރެއް ވެސް ހޯދިފައެއް ނުވެއެވެ. މިހާރު ވެސް ބީއެމްއެލްގެ އެކައުންޓް ތަކުން ވާނުވާ ނޭނގި މުއާމަކާތްތައް ހިންގާ ކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
ކޯވިޑާ ގުޅިގެން ކަމަށްބުނެ ދިވެހިންނަށް ބޭންކުން ދޫކޮށްފައިވާ ކާޑް ތަކުން ބޭރުފައިސާއިން މުއާމަލާތް ކުރެވޭ މިންވަރު 250 ޑޮލަރަށް ކުޑަކުރި ގޮތަށް އަދިވެސް އެ ފިއްތުން ވެސް ދޫކޮށެއް ނުލައެވެ.
ކިޔުންތެރިންގެ ހިޔާލު