2017 ވަނަ އަހަރު ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އެ ހާދިސާ ހިނގިއިރު އުމުރުން 17 އަހަރު، ނަމަވެސް މިހާރު 18 އަހަރު ފުރިފައިވާ މީހެއްގެ މައްޗަށެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާތީ އޭނާގެ މައުލޫމާތު އޮތީ ދައުލަތުން ސިއްރުކޮށްފައެވެ.
އޭނާ ކުށް ސާބިތުވިޔަސް އަދަބު ކަނޑައެޅުމުގެ މަރުހަލާ އޮންނާނީ ފަހުންނެވެ.
މި މައްސަލައިގައި ފުރަތަމަ ޖުވެނައިލް ކޯޓުން ނިންމީ ކުށް ސާބިތުނުވާކަމަށެވެ. ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް މިއަދު ހުކުމްކޮށްފައެވެ.
އަނަސްގެ ވާރިސުން ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ހައިކޯޓުގައި ބުނެފައެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު 7 މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު