ރާއްޖެ ބަނގުރޫޓް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ރާއްޖެ ބަނގުރޫޓް ވެގެންދާތަން އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެެެވެ. އަދި އޭނާއަށް ފެނިވަޑައިގަންނަވަނީ ދައުލަތުގެ އާމްދަނީ ދެ ގުނަ އިތުރުވެގެންދާތަން ކަމަށް ބޮންޑެ ވިދާޅުވިއެވެ.
އެ ވާހަކަ ތަކަކީ ވަކި ފަރާތަކަށް ޖެހިގެން ނުވަތަ ސަރުކާރަށް ހުޝާމަދު ކުރަން ދައްކާ ވާހަކަތަކެެއް ނޫން ކަމަށް ބޮންޑެ ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ ދާދިފަހުން ވެސް ދައުލަތުން ދެ ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށެވެެ. އަދި ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ވެސް މި ސަރުކާރުން ދައްކަމުން ގެންދާ ކަމަށް ބޮންޑެ ވިދާޅުވިއެވެ. ބޮންޑެ ވިދާޅުވީ ކުޑަކުޑަ އިންޓްރެސްޓް ރޭޓެއްގައި ރާއްޖެއަށް ލޯނު ދޭނެ މާލީ އިދާރާތަކެއް ނެތް ކަމަށެވެ.
"އަޅުގަނޑު ސުވާލު ކުރިން ފިނޭސް މިނިސްޓްރީގެ ފަންނީ ލަފާ ދޭ އިސްބޭފުޅުންނާއި އަދި އެކި ޑިވިޝަންތަކުގެ އިސްކޮށް ތިބި ބޭފުޅުންނާ. ބަލާއިރު އަޅުގަނޑަކަށް ނުފެނޭ މި ރާއްޖެ ބަނގުރޫޓްވެދާ ތަނެއް ވެސް، ދެ ގުނަ އާމްދަނީ އިތުރުވެގެންދާތަން އެބަފެނޭ އަޅުގަނޑަށް،" ބޮންޑެ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޔާމިންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ބޮންޑެ ވިދާޅުވީ ޕީޕިއެމްގެ ސަރުކާރުން ހިންގާފައިވަނީ ޖަރީމާ ތަކެއް ކަމަށެެވެ. ކުރީގެ ސަރުކާރުގައި އޭސީސީ އަކީ ޕާކިން ޒޯނެއް ކަމަށާއި ސަރުކާރުން ހިންގި ޚިޔާނާތެއް އެކޮމިޝަނަށް ބެލިފައި ނެތް ކަމަށް ބޮންޑެ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނަތް ހިންގި ޓްރާންސެކްޝަންތައް ހަދާފައި ހުރީ އެމްއެމްއޭގެ ގަވަރުނަރު ހުއްދަ ދީގެން ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނަށް 7 އަހަރުވީއިރު އެކަމާ ގުޅޭ ގަވާއިދުތައް ކުރީގެ ސަރުކާރުގައި ހަދާފައި ނެތް ކަމަށް ބޮންޑެ ވިދާޅުވިއެވެ. އެގަވާއިދުތަކާއި ކުންފުނިތަކާއި ބެހޭ ގާނޫނާއި ބޯޑު ވެސް އެކުލަވާލީ މި ސަރުކާރުން ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު