ވަކި ފެންވަރެއްގެ ބަޔަކާ ނޫނީ ކައިވެނި ނުކުރާން ތިބެ، ކައިވެނި ކުރުމުން ވަރި ގިނަވާނެކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޒައިދު ޢަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވަރި ގިނަވާ މައްސަލައާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުމަކާ ގުޅިގެން ޒައިދު މިއަދު ވިދާޅުވީ، "ކައިވެނިކުރާއިރު އެންމެ ލާރިގިނަ މީހާ، އެންމެ ރީތި މީހާ، އެންމެ ފައްކާ ސައިކަލް ގެންގުޅޭ މީހާ، އަތާ ކަރުގަ ފަށް އަޅާމީހާ، ކޮފީބޯ މީހާ،" މިފަދައިން ބަލައިގެން ކައިވެނި ކުރަން ވެއްޖެނަމަ ވަރި ގިނަވާނެ ކަމަށެވެ.
އަދި ކައިވެނީގައި ގެންގުޅެންޖެހޭ ޝަރުޢީ އިރުޝާދުތަކަށް ތަބާވެވިގެން ނޫނީ މޮޅެއް ނުލިބޭނެ ކަމަށް ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު ފެމެލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަނީ މިދިޔަ މަހު މާލޭ ސަރަހައްދުގައި ކުރި ކައިވެނީގެ އަދަދު، ވަރިއާއި ގުޅިގެން ހުށަހެޅި މައްސަލަތަކަށްވުރެ މަދު ކަމަށެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 153 މީހަކު ކައިވެނި ކޮށްފައިވާއިރު 102 މީހަކު ވަރިވެފައިވެއެވެ. އަދި ވަރިއާއި ގުޅޭ 134 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު