މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމްއިން ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފިއެވެ.
މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ނުފުއްދާ ކަމަށާއި، މަސްވެރިންނަށް ހަމަ އަގު ނުލިބޭ ކަމަށްބުނެ އިދިކޮޅު ޕީޕީއެމުން މިއަދު ވަނީ މަސްމާރުކޭޓު ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ.
މި މުޒާހަރާގައި ޕީޕީއެމްގެ އިސްވެރިން ވެސް ހިމެނޭ ގޮތުން އެ ޕާޓީއަށް ނިސްބަތްވާ މާގިނަ ނޫން އަދަދެއްގެ ބަޔަކު ވަނީ މަސްމާރުކޭޓް ސަރަހައްދަށް އެއްވެ، އަޑު އުފުލާފައެވެ.
ނަމަވެސް، އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ތިބީ ތައްޔާރަށް ނުކުމެއެވެ. އަދި އެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
މިއަދުގެ އެއްވުމުގައި، މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށާއި، މަސްވެރި އާއިލާތައް ނިކަމެތިނުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ޑޮލަރުން ފައިސާ ދިނުމާއި ކަނޑުމަތީގައި މަސްވެރިންނަށް ޕްލެޓުފޯމްތަކެއް އެޅުމަށް މި ސަރުކާރުންވީ ވައުދު ފުއްދާފައި ނުވާކަމަށް ބުނެ އަޑު އުފުލާފައިވެއެވެ.
އެއްވުމުގެ ބައިވެރިން މި ސަރުކާރަށް، ހާއްސަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ބޯޑުތައް އެއްވުމުގައި ގެންގުޅުނެވެ.

ކިޔުންތެރިންގެ ހިޔާލު