އިންޑިއާގެ އިޒްހިމާލާގައި ހުންނަ އިންޑިއަން ނޭވަލް އެކެޑެމީން ހިންގުމަށް ހަމަޖެހިފައިވާ "އިންޑިއަން ނޭވަލް އެކެޑެމީ ކޯސް (އެސްޓީ-2022)" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަހަރުގެ ޑިސެމްބަރު 19 އިން 2026 ނޮވެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނޭވަލް އެކެޑެމީގައި ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނޭކަމަށެވެ. އަދި އޭލެވެލްއިން މެތަމެޓިކްސް، ފިޒިކްސް އަދި ކެމިސްޓްރީން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހެއްކަމުގައި ވާންޖެހޭނެކަމަށްވެސް އެމްއެންޑީއެފްގެ އިއުލާންގައިވެއެެވެ.



މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ޖާގައަކަށެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 2022 އޮކްޓޯބަރު 13 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ.



ކިޔުންތެރިންގެ ހިޔާލު