އިބްރާހިމް ފަހީމް   10 އޮކްޓޯބަރު 2022 - 16:20
ހުޅުމާލޭން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭން ބިދޭސީއަކު ގެއްލިގެން ހޯދަމުންދާ ކަމަށާއި އޭނާ ގެއްލިފައިވަނީ ހުޅުމާލޭ ފޭސް އެކަކުން ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އޮމަރް މިއަރ (27އ) އެވެ.



އެމްޑީ އޮމަރް މިއަރ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތްކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2022 އޮކްޓޯބަރ 8 ވަނަ ދުވަހުއެވެ.



ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝް ރައްޔިތުން ފިލައިގެން ގޮސް ރާއްޖޭގެ އެކި ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅުމަކީ އާންމު ކަމެކެވެ. އެފަދަ މީހުން ފިލުމުން އޭނާ ރާއްޖެ ގެންނަ ފަރާތުން ފުލުހުންނަށް އެންގުމުން ފުލުހުން ފޮޓޯ އާންމުކޮށް އޭނާ ހޯދަން އިޢުލާން ވެސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު