އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ މިންހާ، މުޙައްމަދު މިންހާޖު، 28އ، ހޯދުމަށް ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން ވެސް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި އޮޕަރޭޝަންގައި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވަނީ ޖުމުލަ 750 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެެވެ. އަދި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް "ހަކުރާ" އިން 270 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ.

ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ނުވާކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު އެންމެ ފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން