އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކަށް ދީފައިވާ ބާރުތައް އަތުނުލެވޭގޮތަށް ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިިއުވާން މުހައްމަދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކަށް މި ސަރުކާރުން ދީފައިވާ ބާރުތައް އަތުނުލެވޭ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެެވެ.

މިއުވާން ވިދާޅުވީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކަށް ވެސް ސަރުކާރާއި އެކި އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކައުންސިލުތަކަށް އެއްބާރުލުން ނުދިނުމުގެ ވިސްނުމެެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން، އެ ނިޒާމް ހަރުދަނާ ކުރުމަށް މިކުރެވޭ މަސައްކަތުގައި ދެން ކުރިއަށް އޮތްތަނުގައި ވެސް މިހާރު ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަތުނުލެވޭނެ ފަދަ ގޮތަކަށް މިނިޒާމް ހަރުދަނާ ކުރަން މަސައްކަތް މި ކުރަނީ، ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ނުދިނުމުގެ ވިސްނުމެއް ނެތް. މާލޭ ސިޓީކައުންސިލާއެކު ވެސް ސަރުކާރުން މަޝްވަރާކުރެވޭ، މާލޭ ސިޓީ ކައުންސިލަށް ހަމަ ސަރުކާރުން އެއްބާރުލުންދޭ." އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮންނަ މާލޭސިޓީކައުންސިލަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ދޮގުކުރައްވަމުން މިއުވާން ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ކުރިން ކައުންސިލްތަކަށް ނުލިބޭ ގިނަ ބާރުތަކެެއް ސަރުކާރުުން ވަނީ ދީފައެެެވެ. އޭގެތެރޭގައި ވިޔަފާރި ކުރުމާއި ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ ރަށު ކައުންސިލް ކަމަށް ހަމަޖެއްސުމާއި އެ ވަސީލަތްތަކުން ހޯދާ އާމްދަނީ އެ ރަށަކަށް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން