މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން މާދަމާ މުޒާހަރާއަށް ނިކުންނާނެކަން އިއުލާންކޮށްފިއެވެ.

ޕީޕިއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި އެޕާޓީން ބާއްވާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއްޖަހާއިރު މަސްމާރުކޭޓް ސަރަހައްދުން ކަަމަށެވެ.

މާދަމާގެ އިހުތިޖާޖަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ގޮތުން ބާއްވާ އިހުތިޖާޖެއް ކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސްވެރިންނަށް ގިނަ ވައުދުތަކެއްވި ކަމަށާއި އެ ވައުދުތައް ފުއްދާފައިނުވާ ކަމަށެވެެ.

އެގޮތުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ދިނުމާއި މަސްވެރީންނަށް ހާއްސަ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމާއި ތެލުގެ އަގު ހެޔޮ ކުރުމުގެ ވައުދުވި ކަމަށާއި ނަމަވެސް މި ވެރިކަމަށް ހަތަރު އަހަރު ފުރިފައިވާއިރު އެ ވައުދުތައް ފުއްދިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އިއްބެ

24-Feb-2023

މަސްވެރިންޙައްޤުގައި ފުރަތަމަމުޒާހިރާކުރަންވީ ބެއަސްނުބެއަސްދޭންބުނި ދިހަހާސްރުފިޔާހޯދާށެވެ އެއައްފަހު ދެންއެހެންކަންތަކާމުޒާހިރާކުރާށެވެ



ޓްރެންޑިން