އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހުކުމް އިއްވާފައިވާ ނާޒިމް ސައްތާރަށް ކޯޓުން ކަނޑައެޅި އަދަބުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން"އަށް ވިދާޅުވީ، ނާޒިމްގެ މައްޗަށް އިއްވި ހުކުމްގައިވާ އަދަބުގެ މައްސަލަ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު އާއިއެކު އެއްޖިއްސުން ގުޅުން ހިންގި ކަމަށް އަމިއްލައަށް ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

އެ ދުވަހު ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ތިން މަހަށް ގޭ ބަންދު ކުރުމަށެވެ.

އެ އަދަބުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅިނަމަވެސް، އެ މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން އަދި ގޮތެއް ނުނިންމައެވެ.

ނާޒިމްގެ އިތުރުން އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭނާގެ މައްޗަށް ކުރީ އެއް އަހަރުގެ ހުކުމެކެވެ.

ނާޒިމްގެ އަދަބުގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ އަބްދުއްރަހުމާން ރަފީއުގެ މައްޗަށް ކުރި ހުކުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

އުދުހޭކޮކާ

24-Feb-2023

އިސްތިއުނާފަށް ހުށަހެޅީ......


4

އުދުހޭކޮކާ

24-Feb-2023

ދެލޯފުޅާ އިސްތިއުނާފަށް ހުށަހެޅީ..އިސްތިއުނާފު ނުކުރޭ.



ޓްރެންޑިން