މިނިސްްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ޔޫގެންޑާގެ ގައުމީ ދުވަހުގެ މުނާސަބާތުގައި އެ ގައުމުގެ ހާރިޖީ ވަޒީރު އޮޑޮންގޯ ޖެޖޭއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޔޫގެންޑާގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި ހާރިޖީ ވަޒީރާއި ޔޫގެންޑާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ.



ޝާހިދުގެ މެސެޖުގައި ރާއްޖެއާއި ޔޫގެންޑާގެ ގުޅުން ކުރިއަށް އޮތްތާނގައި ބަދަހިވެގެންދާނޭކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން