އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެނިމަލް ފެސިލިޓީގެ މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މޭޔަރު ވިދާޅުވީ އެނިމަލް ފެސިލިޓީގެ މަސައްކަތަކީ މާލެ ސިޓީ ކައުންސިލްގެ ނިމިދިޔަ ދައުރުގައިވެސް އެކަމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމެއް ކަމަށެވެ. އެގޮތުން އެކަމާއި ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ނިންމައި، ހުޅުމާލޭގައި އެ ފެސިލިޓީ ޤާއިމް ކުރަން އެޗްޑީސީ އާއި އެކު އެއްބަސްވުމުގައި ސޮއި ކުރާ ހަމައަށްވެސް އެދައުރުގައި ވަނީ އައިސްފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެޗްޑީސީއާއެކު އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން އަމިއްލަ ޚަރަދުގައި އެކަން ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ފެށިނަމަވެސް އެކަންވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެހެންކަމުން މިހާރު ކައުންސިލުން ނިންމާފައިވަނީ، ކައުންސިލުގެ ޤާބިލިއްޔަތުކަން ހުރި މިންވަރަކުން އެ ކައުންސިލުގެ ޚަރަދުގައި އެކަން ކުރަން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިހާރު ކެޓް ފެސިލިޓީގެ ކުރެހުންތައް ހަދައި ޓެކްނިކަލް މަސައްކަތް ކުރަމުންދާ ކަމަށާއި، ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ކުޑަ ޖާގައެއް ބޭނުން ކޮށްގެން، އެންމެ ރަނގަޅަށް، އެންމެ ކުޑަ ޚަރަދެއްގައި ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކަމަށެވެ.
އެނިމަލް ފެސިލިޓީ އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު