ޓެކްސް ނަގަމުންދާ ގޮތަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ބޮޑު އިތުރުވުމެއް އަންނާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން ވަނީ އާމްދަނީ އިތުރުކުރުމަށް ޓީޖީއެސްޓީ އަދި ޖީއެސްޓީ ނަގާ މިންވަރު ބޮޑުކުރުމަށް ހުށަހަޅާފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޓެކްސް ޤާނޫނުތަކަށް ގެންނަ ބަދަލުތަކާއެކު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެކަމަށެވެ. އަދި މިކަމުގެ ފައިދާ ރައްޔިތުންނަށްވެސް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފިނޭންސްގެ އޮފިޝަލް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާއިރު ރާއްޖޭގައި ތަކެތީގެ އަގު މައްޗަށް ނުދަނީ ސަރުކާރުން ސަބްސިޑީ ދޭތީކަމަށެވެ.
"ރާއްޖޭގައި އިންފްލޭޝަން ރޭޓް މައްޗަށް ނުދާ ސަބަބަކީ ސަބްސިޑީ އާއި އެއްޗެހި ދީފައި ހުންނާތީ، ސަބްސިޑީވެސް ދެވެނީ ޓެކްސް ފައިސާއިން، ހިލޭ އަންނަ އެއްޗެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.
ފިނޭންސުން ބުނާގޮތުން ޓެކްސްއަށް ބަދަލު ގެނަޔަސް އާއްމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާ މުދާތަކަކުން ޖީއެސްޓީ މައްޗަށް ނުދާނެއެވެ. ނަމަވެސް އެހެން މުދާތަކުގެ އަގުތައް މައްޗަށް ދާނެކަމަށް ސަރުކާރުން ވެސް ބުނެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު