މާލޭ ފެންކުންފުނި؛ ފެންކުންފުނިން ވަނީ މާލޭގެ ތިން ސަރަހައްދެއްގައި ސިންކް ބަހައްޓާފައި
މާލޭ ފެންކުންފުނި؛ ފެންކުންފުނިން ވަނީ މާލޭގެ ތިން ސަރަހައްދެއްގައި ސިންކް ބަހައްޓާފައި
މާލޭގެ އެކި ސަރަޙައްދުތަކުގައި ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް މާލޭ ވޯޓާ އެންޑް ސުވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ހަމަޖައްސައިފިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް ޑޮކްޓަރުން ދަނީ ލަފާ ދެއްވަމުންނެވެ. އެކަމާ ގުޅިގެން، އެމްޑަބްލިއުއެސްސީން ވަނީ މާލޭގައި ތިން ސަރަޙައްދެއްގައި އަތް ދޮންނަ ސިންކުތަކެއް ބަހައްޓާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ސިންކުތައް ގާއިމުކުރީ ލޯކަލް މާރުކޭޓު ސަރަހައްދާއި، މަސްމާރުކޭޓު ސަރަހައްދާއި ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައެވެ.

އެމްޑަބްލިއުއެސްސީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ އިންތިޒާމް ހަމަޖައްސާފައި ވަނީ ގިނަ ގިނައިން އަތް ދޮންނަން މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އާންމުތަންތަނުގައި އަތްދޮންނަ ސިންކުތައް ކައުންސިލުތަކުންނާއި އާންމުން އިސްނަގައިގެން ބަހައްޓާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން