މާޅޮހު ފެނާއި ނަރުދަމާ ނިޒާމް މަޝްރޫޢަށް ބޭނުންވާ ބައެއް ސާމާނު ގެންގޮސްފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މާޅޮހު ފެނާއި ނަރުދަމާ ނިޒާމް މަޝްރޫޢަށް ބޭނުންވާ ޓޭންކުތައް ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާކަމަށެވެ.
މާޅޮހު ފެނާއި ނަރުދަމާ ނިޒާމް މަޝްރޫ އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހުއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުﷲ އާއި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.
540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

Water Tank materials for B.Maalhos Water & Sewerage Project have been delivered to project site.#MWSCAsaasee #TeamMWSC pic.twitter.com/tFOtWD0VAK
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) October 9, 2022
މާޅޮހު ފެނާއި ނަރުދަމާ ނިޒާމް މަޝްރޫ އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހުއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުﷲ އާއި މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ސުޖާއުގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙްއެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.
540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ހިޔާލު