ހުރާވީ ބިލްޑިންގ ހުރި ބިމުގައި ހަދާ ޕާކްގެ މަސައްކަތް ނިންމާ، އަންނަމަހު ހުޅުވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ހައުސިންގ މިނިސްޓްރީން ބުނީ ހުރަވީ ބިލްޑިންގ ތަޅާލުމުގެ މަސައްކަތް ނިންމާ އެތަން ހުސްކޮށް ނިންމާފައިވާކަމަށެވެ. އަދި އެތަނުގައި ޕާކް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، އެތަނުގައި ހަދާ ޕާކްގެ އަންނަމަހުގެ 11 ވަނަ ދުވަހު އާއްމުންނަށް ހުޅުވާލާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ. މިއީ ވެހިކަލްތަކަށްވެސް ޕާކުކުރެވޭނެ ޖާގައާއެކު ތަރައްޤީކުރާ ޕާކެކެވެ.
35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރަމީ ބިލްޑިންގ ތަޅާލީ އެ ތަން ބާވެ، އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. އަދި އެތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މޭމަހުއެވެ.
ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު