ކޯވިޑްގައި މުޅި ދުނިޔެ ބަންދުވެފައި އޮތްއިރު ރައްކާތެރިކަމާއެކު ޓުއަރިޒަމް ކުރިއަށް ގެންދެވޭނެކަން ރާއްޖެއިން މުޅި ދުނިޔެއަށް ހާމަކޮށްދިންކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ ރ. ޓުވަރިޒަމް އެކްސްޕޯ 2022 އެވޯޑް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަަދަކޮށް ފާހަގަ ކުރަމުންދާއިރު، ރާއްޖެއަކީ ފަތުރުވެރިކަމުގައި މުޅި ދުނިޔެއަށް މިސާލެއްކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލް މަންޒިލަށްވާއިރު ރާއްޖޭގެ ރަންވަނަ ހިފެހެއްޓުމަކީ މިއަދު ފަތުުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މައުސޫމް ވިދާޅުވީ ކޯވިޑްގައި މުޅި ދުނިޔެ ބަންދުވެފައި އޮތްއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ބޯޑަރު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެނެސް، ރައްކާތެރިކަމާއިއެކު ޓުވަރިޒަމްގެ ސިނާއަތް ކުރިއަށް ގެންދެވޭނެކަން މުޅި ދުނިޔެއަށް ހާމަކޮށް ދެއްވިކަމަށެވެ.

މިނިސްްޓަރގެ ވާހަކައިގައި ރ. އަތޮޅުގައި ފަތުފުވެރިކަމުގެ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ލިބޭ ބޮޑު އުފަލެއްކަމަށާއި ފަތުރުވެރިކަމަށް 50 އަހަރު ފުރިގެންދާއިރު އެއް އަތޮޅެއްގައި ފަތުވެރިކަމުގެ ރަން އަހަރު އެންމެ ކުލަގަދަކޮށް ފާހަގަކުރި އަތޮޅަކީވެސް ރ.އަތޮޅުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް މުޅި އަތޮޅުގައި ވަނީ ލާމަސީލު މަސައްކަތްތަކެއް ކުރައްވާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރ.އަތޮޅުގައި ފަތުރިވެރިކަމަށް ޚިދުމަތް ކުރެއްވި 80 އަށްވުރެ ގިނަ ބޭފުޅުންނަށް ވަނީ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު