ސަރުކާރުގެ ބައެއް އިދާރާތައް ހިންގުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރި އިމާރާތް ހުޅުވަން ތައްޔާރުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ބައެއް މީޑިއާތަކަށް ވިދާޅުވީ، ޖުމްލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އިމާރާތުގެ މަސައްކަތް ނިމި، އަންނަ މަހު ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.

ސަރުކާރުގެ ތިން މިނިސްޓްރީއެއްގެ އިތުރުން އަލަށް ރާއްޖޭގައި ގާއިމް ކުރާ އެމެރިކާ އެމްބަސީ ހުޅުވަން ހަމަޖެހިފައިވަނީ ވެސް އެ އިމާރާތުގައެވެ. އެ އިމާރާތަށް ބަދަލުކުރާ މިނިސްޓްރީތަކަކީ، ޓްރާންސްޕޯޓް މިނިސްޓްރީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީއެވެ.

އަކްރަމް ވިދާޅުވެފައިވަނީ، ޕްލޭނިން މިނިސްޓަރީވެސް ކުރިން އޮތީ އެ އިމާރާތައް ބަދަލު ކުރާގޮތަށް ކަމަށާއި ނަމަވެސް، މިހާރު އިސްކަންދީފައި ވަނީ، މާލޭގައި ކުއްޔަށް ހިންގަމުން އަންނަ އޮފީސް އިމާރާތްތައް އެތަނަށް ބަދަލު ކުރުމަށް ކަމަށެވެ.

ހުޅުމާލޭގެ ހައިވޭ ހެދި ކުންފުންޏާއި ހަވާލުކޮށްގެން އިމާރާތްކުރާ އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، ކޮވިޑާއި ގުޅިގެން މަސައްކަތް ހުއްޓި، ކުރިން އަންދާޒާކުރި މުއްދަތަށްވުރެ ގިނަ ދުވަސްވަނީ ހޭދަވެފައެވެ.

ސަރުކާރުގެ އިދާރާތައް އެއްފުރާޅެއްގެ ދަށަށް ގެނެސް، ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އެދުރު

24-Feb-2023

ތިތާ އެމެރިކާ އެމްބަސީ ހުޅުވީމަ ދިވެހިންނަށް އެތައް އުނދަގުލެއް ކުރިމަތި ވާނެ


2

ޒަރީނާ

24-Feb-2023

ސިޓީކަައުންސިލްގެ އިދާރީ ބައި, ބަޖެޓް ބައި, އަންހެނުން ކޮމެޓީ ބައި , ހެރިޓޭޖް ގެ ދާއިރާތަކުގެ ކުއްޔަށް އުޅޭ އޮފީސްތައް ވެސް ގެންދަންވީ.



ޓްރެންޑިން