ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވާ މުޙައްމަދު އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭގެ ގަސްތަކެއްގެ ތެރެއިން ފެނިފައިވާ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ފުލުހުން މިކަމުގެ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ އަޒްހާންގެ ފޯނު ފެނިފައިވާކަމަށާއި، އޭނާ މަރާލިކަމަށް ބެލެވޭ އެއްވެސް ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާކަމަށެވެ.

މިދިޔަމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރުން ފެށިގެން ގެއްލިގެން ހަބަރެއް ނުވެގެން އަޒްހާންގެ އާއިލާއިން ފުލުހުންނަށް އެންގީ ހުސްވި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމަށް އާއްމުކޮށް ފުލުހުން އިއުލާންކުރީ 20 ވަނަ ދުވަހުއެވެ.

ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުން އަޒްހާން އެންމެފަހުން ފެނިފައިވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން