ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު (28) އ
ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު (28) އ
އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ގެއްލިގެން ހޯދަމުންދާ ޒުވާނާގެ ވަނަވަރު އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

މިމަހުގެ ހަވަނަ ދުވަހު މާލެއިން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނިކޮށް، އެ ލޯންޗު އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނީ އިއްޔެ އެވެ. އެ ލޯންޗުން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ފުލުހުން ވަނީ ފަށާފައެވެ. އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ކިޔާ އުމުރުން 28 އަހަރުގެ ޒުވާނެއް ކަމަށެވެެ.

އޭނާ ގެއްލުނުއިރު، ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިންހާޖު ހޯދުމަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެެވެ.

ފުލުހުން ބުނީ ލޯންޗުން ދަތުރު ކުރި އެކަކު ބުދަ ދުވަހުގެ 13:00 ހާއިރުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ބުދަދުވަހުގެ ރޭ 20:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ ރައްޓެއްސަކާ އެކުގައި ލޯންޗެއްގައި މާލެއިން ފުރި ކަމަށް ބެލެވޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބަންޑުން ޖަހާލާފައި އޮށްވާ އއ. މާޅޮސް ކައިރިން އިއްޔެ ފެނުނު ލޯންޗުން ދަތުރުކުރި މީހާ ފެނުނީ ފެރިދޫ ފުއްޓަރާ ދިމާލުންނެވެ. ފެރިދޫ ސިއްހީ މަރުކަޒުގައި އެ މީހާއަށް ފަރުވާދިނުމަށްފަހު އިތުރު ފަރުވާ އަށް އޭނާ މިހާރު ވަނީ މާލެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން