މި އުންމަތަށް ލެއްވި އެންމެ ބޮޑު ނިއުމަތަކީ ކީރިތި ރަސޫލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާތުގެ ތަހުނިޔާ ފޮނުއްވަމުންނެެވެ. ރައީސް ނަޝީދު ވިދާޅުވީ މި އުންމަތަށް މާތް ﷲ ލެއްވި އެންމެ ބޮޑު ނިއުމަތަކީ މާތްވެގެންވާ ކީރިތި ރަސޫލާ މުހައްމަދުގެފާނު ކަމަށެވެ. ރައީސް ނަޝީދު ވަނީ ކީރިތި ރަސޫލާގެ އީދުމީލާދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވެސް ވަނީ ޚިޠާބެއް ފޮނުއްވާފައެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ކީރިތި ރަސޫލާގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެެ. އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށެް ރައީސް ވިދާޅުވި އެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުން ކަމަށެެވެ. އަދިި ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުން ކަމަށާއި ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ ޢަފޫކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

Maaiy Allah mi ummathah levvi enme bodu niu’mathakee maivegenvaa rasoola Muhammad ﷺ . Keerithi rasoola ﷺ ge eid miladh mi ufaaveri munaasabathuge thahniya dhannavan
— Mohamed Nasheed (@MohamedNasheed) October 8, 2022
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވެސް ވަނީ ޚިޠާބެއް ފޮނުއްވާފައެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ކީރިތި ރަސޫލާގެ ޒިކުރާ އަޅުގަނޑުމެން އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެެ. އެކަލޭގެފާނުގެ ސީރަތުން އަޅުގަނޑުމެން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށެް ރައީސް ވިދާޅުވި އެވެ. ރައީސްގެ ޚިތާބުގައި ވިދާޅުވީ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުން ކަމަށެެވެ. އަދިި ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުން ކަމަށާއި ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ ޢަފޫކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު