ޔަމަނުގައި ސުލްހަ ޤާއިމްކުރުމަށް އދއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ހޫތީ ހަނގުރާމަވެރިން ދެކޮޅު ހެދުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.

ދިވެހި ހާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބު ހާންސް ގްރަންޑްބާގް ހުށަހަޅުއްވާފައިވާ ސުލްހަ ދެމެހެއްޓުމުގެ ހުށަހެޅުމަށް ހޫތީ ހަނގުރާމަވެރިން ދެކޮޅު ހެދުން ރާއްޖެއިން ކުށްވެރިކުރާކަމަށެވެ.



ސަރުކާރުގެ ބަޔާނުގައި ބުނީ އދ. އާއި ގަލްފުން ލަފާދީފައިވާ ފަދައިން ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށެވެ. އަދި ޔަމަނުގެ ސުލްހައާއި ހަމަޖެހުމަށް ސައުދީ އަރަބިއްޔާއިން ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދުކުރާކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު