އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިންމާލާނެކަމަށް ފިނޭންްސް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުުކުރުމުގައި މިހާރު ކުރިއަށްދަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާއި މަޝްވަރާތައްކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ހުރިހާ އޮފީސްތަކަކާއި ބައްދަލުކޮށް، އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް ނިމިފައިވަނީ، މިވަގުތު މި ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބެލުމާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތް، އޭގެއިތުރުން ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީ އާއި އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތްކުރިއަށްދަނީ." ފިނޭންސްގެ އޮފިޝަލް ވިދާޅުވިއެވެ.
ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދިޔަނަމަވެސް ބަޖެޓްގެ ޖުމްލައާ ބެހޭގޮތުން ފިނޭންސުން ވާހަކައެއް ނުދައްކައެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އޮކްޓޫބަރުމަހުގެ ތެރޭގައި މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހެއެވެ.
މިހިނގާ 2022 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު